.jpg&w=3840&q=75)
މިނިވަން ދުވަސް ފާހަގަކުރުމަށް މެލޭޝިޔާގެ އެމްއެސްޔޫގެ ދިވެހި ދަރިވަރުންގެ ފަރާތުން ޚާއްސަ ހަރަކާތެއް!
# ރާއްޖެ - މެލޭޝިއާ# މިނިވަން 59އެމްއެސްުޔޫގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ގާފު ފޮޓޯ : އަހުމަދު ޝުރާއު
ގިނަ އަދަދެްއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ މެލޭޝިޔާގެ މެނޭޖްމެންޓު އެންޑް ސައިންސް ޔުނިވާސިޓީގައި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

މިއަދު ހެނދުނުން ފެށިގެން ހަވީރާއި ހަމައަށް މެލޭޝިޔާގެ ޝާހް އާލަމްގައި ހުންނަ އެމްއެސްޔޫގެ ކެމްޕަހުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި އެކޮލެޖުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވަނީ ބައިވެރިވެފައި އެވެ.
އެގޮތުން މިއަދުގެ ހަރަކާތުގައި ދިވެހި ދަރިވަރުން ވަނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޚާއްސަ މައުރަޒެއް ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިޔަށް ގެންގޮސްފައި އެވެ. މި މައުރަޒުގައި ރާއްޖޭގެ ބައެއް އަމިއްލަ އުފެއްދުންތަކުގެ އިތުރުން ރާއްޖޭގެ ބައެއް ކެއުންތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތުތައްވެސް ވަނީ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ދީފައި އެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފީ ނެށުންތައްވެސް ވަނީ މި ހަރަކާތުގެ ތެރެއިން ދައްކާލާފައި އެވެ.
-
މި ހަރަކާތުގައި އެމްއެސްޔޫގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ލެކްޗަރާއިން ވަނީ ބައިވެރިވެ ރާއްޖޭގެ ސަގާފަތާއި ބެހޭ ބައެއް ކަންކަން ތަޖުރިބާކޮށްފައެވެ.
މިހަރަކާތް ބައްލަވާލެއްވުމަށް އެ ޔުނިވާސިޓިގެ ރައީސް ޕްރޮފެސަރ ތަން ސްރީ ދަތޯ ވިރާ ޑރ.މުޙައްމަދު ޝުކްރީ އަބްދުލް ޔަޖިދު އާއި ޔުނިވާސިޓީގެ އެހެނިހެން ބައެއް އިސްވެރިންވެސް ވަނީ ހަރަކާތް ކުރިޔަށް ދިޔަ ސަރަހައްދަށް ވަޑައިގެންފަ އެވެ.
މިއީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް މެލޭޝިއާގެ ޔުނިވާސިޓީއެއްގައި ދިވެހި ދަރިވަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އެއް ހަރަކާތެވެ.
-
މެލޭޝިޔާގެ މެނޭޖްމެންޓު އެންޑް ސައިންސް ޔުނިވާސިޓީއަކީ ދުނިޔޭގެ އެތައް ގައުމެއްގެ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ޔުނިވާސިޓީއެކެވެ. އެ ޔުނިވާސިޓީއަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު އަދި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މީގެ ކުރިންވެސް ކިޔަވާފައިވާ ޔުނިވާސިޓީއެކެވެ.
ގުޅުންހުރި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ!

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފި

މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އުސެއިދު އެމްބަސީއަށް ދިޔަ: އަދިވެސް އާއިލާއާއި ދިމާނުވޭ!
