
--
މިނިވަން ދުވަހާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބާއްވަން ތާވަލުކުރި "ޝަރަފުގެ ހިނގާލުން" އަންނަ ހަފުތާގެ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބާއްވަން ތާވަލު ކުރި ޝަރަފުގެ ހިނގާލުން ފަސްކުރަން ނިންމީ މޫސުން ގޯސްވުމާއި ގުޅިގެންނެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނެފައިވަނީ ޝަރަފްގެ ހިނގާލުން 2 އޯގަސްޓްވާ ހުކުރު ދުވަހުގެ ހަވީރު ބާއްވާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް މިއަދު ބާއްވާފައެއް ނުވެއެވެ. ނަމަވެސް މިނިވަންދުވަހުގެ ރަސްމީ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ގުޅުންހުރި

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން މިއަހަރުވެސް ނުބާއްވާނެ!

ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

އެފްއާރްއެސްގެ ހަފްތާ ރިޕޯޓު: މިދިޔަ ހަފްތާގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް، ގިނަ ހާދިސާތައް ހިނގީ މާލެ ސަރަހައްދުގައި!




