
މޫސުން ގޯސްވުމުގެ ސަބަބުން ސިފައިންގެ "ޝަރަފުގެ ހިނގާލުން" ފަސްކޮށްފި
# މިނިވަން ދުވަސް# އެމްއެންޑީއެފް-
މޫސުން ގޯސްވުމުގެ ސަބަބުން މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިއުމަށް ހަމަޖެހުނު "ޝަރަފުގެ ހިނގާލުން" ފަސްކޮށްފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ, މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް މިއަދު ބާއްވާފައެއް ނުވެއެވެ.
މިރޭ ސޯޝަލް ސެންޓަރުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބެއްވުމަށް ހަމަޖެހިފައިވާއިރު, މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބުކުރައްވާނެ އެވެ. އަދި މިޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާނެއެވެ.
ގުޅުންހުރި

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން މިއަހަރުވެސް ނުބާއްވާނެ!

ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

އެފްއާރްއެސްގެ ހަފްތާ ރިޕޯޓު: މިދިޔަ ހަފްތާގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް، ގިނަ ހާދިސާތައް ހިނގީ މާލެ ސަރަހައްދުގައި!




