logoEN
cocacola
ބިދޭސީންގެ ފީ ދެއްކުމަށް މުހުލަތެއްދީފި

ބިދޭސީންގެ ފީ ދެއްކުމަށް މުހުލަތެއްދީފި

އަލްފާ އަލީ

logo

7/25/2024, 7:35:47 AM

# ބިދޭސީން# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

-

ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް މުހުލަތެއްދީފިއެވެ.

ގޮސިޔާ

މިގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނާއި ޤަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100,000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތު އެ ވުޒާރާއިން މިހާރު ވަނީ އާންމުކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު ޖޫރިމަނާ 26 މިލިޔަނަށްވުރެ މަތިކަން މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވެއެވެ.

ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ފަރާތެއްގެ ނަމާއި، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިސްޓެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކުރައްވާފައެވެ. މީގެ ތެރޭގައި އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.

މި ރިޕޯޓަކީ މިމަހުގެ 23ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމުން ނަގާފައިވާ ރިޕޯޓެކެވެ. މި ދުވަހާ ހަމައަށް ކެންސަލްކޮށްފައި ނުވާ ވަރކް ޕަރމިޓްތަކުގެ ވަރކް ޕަރމިޓް ފީ ބަލާފައިވަނީ މި ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ފީގެގޮތުގައި ކަމަށާއި، ވަޒީފާދޭ ފަރާތުން ކެންސަލްކުރަން ބޭނުންވާ އެއްވެސް ވަރކް ޕަރމިޓެއް ކެންސަލްކޮށްފައިނުވާނަމަ އެ ވަރކް ޕަރމިޓްތައް ކެންސަލްކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މި ލިސްޓުގައިވާގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާވެސް 26.8 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ވޯރކް ޕަރމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަންގަވާފައެވެ. މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ