logoEN
cocacola
މާލޭގައި ބިދޭސީން ހިންގަމުންދިޔަ މުޑުދާރު ބަދިގެއެއް ބަންދުކޮށް 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

މާލޭގައި ބިދޭސީން ހިންގަމުންދިޔަ މުޑުދާރު ބަދިގެއެއް ބަންދުކޮށް 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

8/26/2024, 10:19:15 AM

# މޯލްޑިވްސް އިމިގްރޭޝަން# ބިދޭސީން

--

މާލޭގައި ބިދޭސީންތަކެއް ވިޔަފާރިކުރުމަށް ތަކެތި އުފައްދަމުން ދިޔަ މުޑުދާރު ބަދިގެއެއް ބަންދުކޮށް ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއެކު، 2024 އޮގަސްޓު 24 ވަނަ ދުވަހު ވަނީ މާލޭގެ ހ.ބިއަންކާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިކަންވެސް ވަނީ ހާމަކޮށްފައެވެ.

View post on Twitter

މި ރެއިޑުގައި ވެސް ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެފައިވާ ކަން ފާހަގަކޮށް އެތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައިކަންވެސް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް އެކުލަވާލާފައިވާ ޓާސްކު ފޯސްގައި ހިމެނެނީ އިމިގްރޭޝަން, ފުލުހުން, އެކޮނޮމިކް މިނިސްޓްރީއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެޗްޕީއޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ