logoEN
cocacola
ބަނގުރާ ދަޅުތަކަކާއެކު ހުުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ދަޅުތަކަކާއެކު ހުުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

7/25/2024, 7:11:10 AM

# ފުލުހުން

-

ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކުރުމަށްފަހު އެވެ.

ފުލުހުން ބުނީ, އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ