logoEN
cocacola
ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް

ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް

އަލްފާ އަލީ

logo

9/5/2024, 8:14:00 AM

# ފުލުހުން

-

މާލޭގައި ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

ގޮސިޔާ

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 12:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 21 އަހަރުގެ ޒުވާނާއަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފައެވެ.

އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި އެޒުވާނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ