logoEN
cocacola
ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަނޫން ތަހުގީގީ ރިޕޯޓެއް އުފެއްދި މައްސަލަ ބަލަނީ

ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަނޫން ތަހުގީގީ ރިޕޯޓެއް އުފެއްދި މައްސަލަ ބަލަނީ

# ފުލުހުން

-

ކުރީގެ ރައީސް އަބްދުالله ޔާމީން ހައްޔަރުކުރުމަށް ސައްހަނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓްކަމަށްބުނެ ދައުރު ކުރަމުންދަނީ ސައްހަނޫން ރިޕޯޓެއް ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ, ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ސައްހަ ރިޕޯޓެއް ނޫންކަމަށެވެ. އެގޮތުން ސޯޝަލްމީޑިއާގައި ދައުރުކުރަމުންދާ ރިޕޯޓްގައި ބޭނުންކޮށްފައިވާ ލެޓަރ ހެޑް އާއި ފުލުހުން ބޭނުން ކުރަމުން އަންނަ ލެޓަރހެޑް އާ ދިމާނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ރިޕޯޓްގައި ސޮއިކޮށްފައިވަނީ ފޯޖްކޮށްގެން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށް، ސޮއިތައްވެސް ފޯޖުކޮށްގެން އުފައްދާފާއިވާ ސައްހީ ނޫން ވާހަަކަތަކެއް ހިމެނޭ ރިޕޯޓެއްކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަމުގައިވެސް ސައްހަނޫން ތަހުގީގީ ރިޕޯޓެއް ދައުރުކުރަމުން އަންނާތީ އެ އިދާރާގެ އެދުމުގެ މަތިން އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އާއްމުންގެ މެދުގައި އެކިއެކި ފަރާތްތަކާމެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އެކި ފަރާތްތަކުން ފަތުރާ ހަބަރުތައް ފެތުރުމުގައި ބައިވެރިނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ