logoEN
cocacola
ނޫސްވެރިން މަރަންޖެހޭ ކަމަށްބުނެ އިންޒާރުދިން މައްސަލައެއް ބަލަނީ!

ނޫސްވެރިން މަރަންޖެހޭ ކަމަށްބުނެ އިންޒާރުދިން މައްސަލައެއް ބަލަނީ!

އަލްފާ އަލީ

logo

9/3/2024, 5:41:26 PM

# ފުލުހުން

--

ނޫސްވެރިން މަރަންޖެހޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

މި މައްސަލައަކީ ޗެނަލް 13 ގެ ހަބަރަކަށް ފޭސްބުކް ގައި ކުރި ކޮމެންޓެއްގައި ނޫސްވެރިން މަރާލަން ޖެހޭކަމަށް ބުނެ ކޮށްފައިވާ ކޮމެންޓަކާ ގުޅިގެން ފުލުހުން ބަލަމުން އަންނަ މައްސަލައެކެވެ.

ޗެނަލް 13 ގެ ހަބަރަކަށް ފޭސްބުކްގައި "ފާތިމަތު މަދީހާ" ނަމުގައި އިން އައިޑީއަކުން ކުރި ކޮމެންޓުގައި ނޫސްވެރިންނަށް މަލާމާތްކޮކުރުމަށްފަހު ބުނެފައިވަނީ., "މޮޔަ ނޫސްވެރިން މި ރާއްޖޭގައި އުޅޭތީ ދެރައީ. މި މީހުން ވީ މަރަން" ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ މިހެން ދިމާވި އިރު, "ނުކުތާ" ނޫހުގައި އާއްމުކުރި ވީޑިއޯއަކަށް ކޮމެންޓު ކުރި މީހަކުވެސް ވަނީ އެ ނޫހުގެ ނޫސްވެރިޔާގެ ލޭ ހުއްދަވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މި މައްސަލަވެސް އެ ނޫހުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ