logoEN
cocacola
ޕޯލިއޯ އަށް ޓެސްޓު ކުރުމަށް ޔުނިސެފާއި ޑަބްލިއުއެޗްއޯ އިން ޣައްޒާއަށް ޓީމެއް ފޮނުވަނީ

ޕޯލިއޯ އަށް ޓެސްޓު ކުރުމަށް ޔުނިސެފާއި ޑަބްލިއުއެޗްއޯ އިން ޣައްޒާއަށް ޓީމެއް ފޮނުވަނީ

އަހުމަދު ޝުރާއު

logo

7/23/2024, 7:01:29 PM

# ޣައްޒާ

--

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައާއިއެކު ސާފު ބޯފެން ނުލިބި އަދި ފެން ތަގައްޔަރުވެ ބަލިތައް ފެތުރެމުންދާތީ އދ ގެ ޚާއްސަ ޓީމެއް މި ހަފްތާގައި ޣައްޒާއަށް ދިޔުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

އދ އިން ބުނާ ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ މައި އިދާރާ ޑަބްލިއުއެޗްއޯއާއި ކުޑަކުދިންނާއި ބެހޭ މައި އިދާރާ ޔުނިސެޕްގެ ޚާއްސަ ޓީމެއް މި ހަފްތާގެ ބުރާސްފަތި ދުވަހު ޣައްޒާއަށް ދިޔުމަށް ވަނީ މިހާރު ނިންމާފައި އެވެ.

މި ޓީމުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޣައްޒާގައި ޕޯލިއޯ ފެތުރެމުންދާ މިންވަރު ދެނެގަތުމަށް ޓެސްޓުތަކެއް ކުރުމެވެ. އެގޮތުން ޣައްޒާއިން ސާމްޕަލް ނަގަން ފެށުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ނުރައްކަލުން އަރައިގަނެވޭނެ ގޮތުގެ ސާފު ރެކޮމެންޑޭޝަންތަކެއް ލިބިގެންދާނެ ކަމަށް އދ އިން ބުނެއެވެ.

ޕޯލިއޯ އަކީ މައިގަނޑު ގޮތެއްގައި 5 އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ނުރައްކާތެރި ވައިރަލް ބައްޔެކެވެ.

އދ.ގެ އެޖެންސީތަކުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ޣައްޒާގެ ދީރް އަލް ބަލާހާއި ޚާން ޔުނިސްގެ ނަރުދަމާއިން ނެގި ސާމްޕަލްތަކުން ޕޯލިއޯ ވައިރަސް ފެނިފައިވާ ކަމަށެވެ.

އަދި މިހާތަނަށް އިންސާނުންގެ ކިބައިން އަދި އެއްވެސް ސާމްޕަލެއް ނަގާފައި ނުވާތީ، ފަލަސްތީނުގެ ސަރަހައްދުގެ އެއްވެސް މީހަކަށް ހަގީގަތުގައި ބަލި ޖެހިފައިވާ ކަމެއް އަދި ނޭނގެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ