logoEN
cocacola
ހަމާސްއިން ޔަހޫދީ ސިފައިންގެ ފައުޖަަކަށް ހަމަލާދީ ތިން ޔަހޫދީން ޒަހަމްކޮށްލައިފި

ހަމާސްއިން ޔަހޫދީ ސިފައިންގެ ފައުޖަަކަށް ހަމަލާދީ ތިން ޔަހޫދީން ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

7/23/2024, 6:52:35 PM

# ހަމާސް

ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން ޔަހޫދީ ސިފައިންގެ ފައުޖަަކަށް ހަމަލާދީ ސިފައިންތަކެއް ޒަހަމްކޮށްލައިފި އެވެ.

ގޮސިޔާ

ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޔަހޫދީ ސިފައިންނަށް ހަމަލާދިނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް މުޓިއްލާ އަވަށާ ޖެހިގެން އޮންނަ ސެޕަރޭޝަން ފެންސް ކައިރީގައި ކަމަށެވެ.

ޓެލެގްރާމްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ތިބި ހަނގުރާމަވެރިން ވަނީ ސިފައިން ހަނގުރާމަވެރިންނާއި ދިމާލަށް ގެނައުމުގެ ދިނުމުގެ ގޮތުން ބޮމެއް ގޮއްވާލައި، ކުއްލި ހަމަލާއެއް ދީ، އޭގެ ތެރެއިން ތިން މީހަކު ޒަހަމްކޮށްލާފައި ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން ޔަހޫދީ އަސްކަރިއްޔާއިން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ހަމާސްގެ އިތުރުން ލުބުާނުގެ ހިޒްބުالله އިންވެސް މިއަދު ވަނީ ޔަހޫދީންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ