logoEN
cocacola
ތިން ވަޒީރުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ތިން ވަޒީރުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އަހުމަދު ޝުރާއު

logo

7/23/2024, 6:19:39 PM

# ޗައިނާ - ރާއްޖެ

--

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އިސްވެހުންނަވައި އިތުރު ދެ މިނިސްޓަރަކާއި އެކު ޗައިނާއަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.

ގޮސިޔާ

މި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބުގެ އިތުރުން ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ތިން މިނިސްޓަރުން ހިމެނޭ ރާއްޖޭގެ ވަުފުދުގެ މި ދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރ ވަންގް ޔީއާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާއި، އިޤްތިޞާދީ އެއްބާރުލުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ރައީސް ޑރ.މުޢިއްޒު އިޢުލާނުކުރެއްވި ޑޮމެސްޓިކް ފިސްކަލް ރިފޯމްތަކުގެ މަޢުލޫމާތު މިނިސްޓަރ ވަންގް ޔީއާ ޙިއްޞާކުރައްވައި، އިޞްލާޙީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް އެޑްރެސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ދެ ސިޓީ ރަސްމީކޮށް އަރުވާފައެވެ.

މިނިސްޓަރު ވަންގްއާ އެކު ކުރެވުނު މަޝްވަރާތަކުގެ އިތުރުން ތިން މިނިސްޓަރުން ވަނީ ޗައިނާ ސަރުކާރުގެ އިސް ވެރިންނާއި ޗައިނާގެ މުހިންމު ކުންފުނިތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދަވައިފަ އެވެ.

މީގެ އިތުރުން ރައީސް ޑރ.މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުކަމުގައިވާ "ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ރީޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޕްރޮޖެކްޓް" ގައި ވެސް ވަނީ މި ދަތުރުފުޅުގެ ތެރެއިން ސޮއިކޮށްފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުން ވަނީ ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި އެމްބަސީގެ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ