logoEN
cocacola
ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އަމަލުން ކުރަން ފަށަނީ

ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އަމަލުން ކުރަން ފަށަނީ

އަހުމަދު ޝުރާއު

logo

9/17/2024, 3:17:45 PM

# ޗައިނާ - ރާއްޖެ

--

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ގޮސިޔާ

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެގޮތުން ސައީދު ވިދާޅުވީ ޗައިނާއާއެކު ރާއްޖެއިން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށާއިމި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ.

އެގޮތުން އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރުމުގައާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ސަޢީދު ވިދާޅުވިއެވެ. ވަކީން ހާއްސަކޮށް ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަން ސައީދު ހާމަކުރެއްވި އެވެ.

ރާއްޖެ އާއި ޗައިނާ އާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްކުރަންޖެހޭ މަސައްކަތްތައް ވަނީ ފައްޓަވާފައެވެ.

އަދި ދާދި ފަހުން ރާއްޖެއާއި ޗައިނާ އާއި ދެމެދު ވަނީ ކަރަންސީ ސެޓެލްމެންޓު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ