logoEN
cocacola
ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން: ޗައިނާގެ ސަފީރު

ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން: ޗައިނާގެ ސަފީރު

އަހުމަދު ޝުރާއު

logo

9/18/2024, 5:08:11 PM

# ޗައިނާ - ރާއްޖެ

--

ޤައުމެއްގެ ކުރިއެރުމުގެ ފަހަތުގައި ތިބޭނީ އެ ޤައުމޭއްގެ ހުނަރުވެރި ޒުވާނުންކަމަށް ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު މސ.ވަންގް ލީޝިން ވިދާލުވެއްޖެއެވެ.

ގޮސިޔާ

އެކަމަނާ މިހެން ވިދާޅުވެފައިވަނީ "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ބޭއްވުނު ހަފްލާގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ސީޑް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު 4 ދިވެހި ދަރިވަރުންނަށް މަރުޚަބާއާއި މުބާރިކް ބާދީ އަރިސްކުރައްވައިވެއެވެ.

"ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން. އެގޮތުން، ޓެކްނޮލޮޖީ، އިޤްތިސާދީ އަދި ތަފާތު އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރިން ޒުވާނުން މަސައްކަތްކުރޭ"

ދިވެހިރާއްޖޭގެ ރަޢީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް، ޑިޖިޓަލައިޒޭޝަން ނުވަތަ ޓެކްނޮލޮޖީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ވަރަށް މުޙިއްމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސީޑް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގެ ދަށުން ޗައިނާއަށް ޒިޔާރާތްކުރާ 4 ދަރިވަރުން އެނބުރި ރާއްޖެ އަންނަ އިރު، އެ ދަރިވަރުންގެ ހުނަރާއި މަޢުލުމާތު އިތުރުވެ، ދަރިވަރުންގެ އިތުރުން ދިވެހިރާއްޖޭގެ މުސްތަޤްބަލު އުޖާލާވުމަށް އުންމީދުކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ