logoEN
cocacola
މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާއާއިއެކު ސޮއިކޮށްފި

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާއާއިއެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

7/23/2024, 3:50:29 PM

# ޗައިނާ - ރާއްޖެ

--

މާލެ އަދި ވިލިމާލޭ މަގުތައް ތަރައްޤީ ކުރުމަށް ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާއާއިއެކު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

ދިވެހި ސަރުކާރުން މިއަދު ސޮއިކުރީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)އާއި އެކު ގައި އެވެ.

މިއަދު ޗަައިނާގެ ބެއިޖިންގ ގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް އެވެ. އަދި ސިޑްކާގެ ފަރާތުން ސޮއި ކުރެއްވީ ޗެއަރމަން ލުއޯ ޖާއޮހުއިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މި މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މިއީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ ފުރަތަމަ މަރުހަލާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމަށްޓަކާ ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ޗައިނާ އިން ވަނީ ހަމަޖައްސާދީފަ އެވެ. މާލެ އާއި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މި ހިލޭ އެހީގެ ދަށުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ