logoEN
cocacola
ރާއްޖޭގެ ތިން ވަޒީރުން ޗައިނާ އެކްޒިމް ބޭންކުގެ ޗެއާމަންއާއި ބައްދަލުކުރައްވައިފި

ރާއްޖޭގެ ތިން ވަޒީރުން ޗައިނާ އެކްޒިމް ބޭންކުގެ ޗެއާމަންއާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

7/23/2024, 1:09:55 PM

# ޗައިނާ - ރާއްޖެ

--

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމާރު ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއާއި ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުން އޮތީ މިހާރު މިނިސްޓަރ ޒަމީރު ޗައިނާއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެ ބޭންކުގެ ރަސްމީ އޮފީހުގައި އެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއާ ބެއިޖިންގައި ބައްދަލުކުރައްވައި ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ އެންމެ ފަހުގެ އަޕްޑޭޓްތަކާއި، ރައީސް މުޢިއްޒު އިޢުލާނުކުރެއްވި ގައުމުގެ އިގްތިސޯދު އިޞްލާޙު ކުރުމުގެ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ޙިއްޞާކުރެއްވި ކަމަށެވެ.

View post on Twitter

މި ބައްދަލުކުރެއްވުމުގައި، ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ފައިނޭންސް ކުރުމާއި، މުސްތަޤްބަލުގައި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ