logoEN
cocacola
"އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާއި އެކު މާލޭގެ ތަނެއް ބަލާފާސްކޮށް ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

"އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާއި އެކު މާލޭގެ ތަނެއް ބަލާފާސްކޮށް ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

7/22/2024, 6:02:46 PM

# މޯލްޑިވްސް އިމިގްރޭޝަން

--

އިމިގްރޭޝަނުން މިހާރު ކުރިޔަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން މިރޭވެސް މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލާފާސްކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެެނެސްފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން މިރޭ ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިއަދު ވަނީ މާލޭގެ 02 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

މީގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއްކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއް ކަމަށާއި އެގޮތުން މިތަނުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 01 އަންހެނަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

View post on Twitter

އަދި މީގެއިތުރުން މިރޭ ވަނީ ހުޅުމާލޭގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަންވެސް ވަނީ އެއިދާރާއިން ހާމަކޮށްފައެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީއިން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ