
-
ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ އޮފީސްތަކަށް ސަލާމަތީ ބާރުތަކުން ވަދެއްޖެ އެވެ.

ސަލާމަތީ ބާރުތަކުން ޕާޓީގެ އޮފީސްތަކަށް ވަދެފައިމިވަނީ ޕާކިސްތާނުގެ އިދިކޮޅު އެންމެ ބޮޑު ހަރަކާތް ކަމަށްވާ އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އިސްލާމްއާބާދުގެ އޮފީސްތައް ފުލުހުންގެ ކޮންޓިންޖެންޓަކުން ވަނީ މިހާރު ބަންދުކޮށްފައެވެ. އެ ޕާޓީގެ އެކްޓިން ޗެއާމަން ގޯހަރް ޚާން އާއި އިންފޮމޭޝަން ސެކްރެޓަރީ ރައޫފް ހަސަން ހިފަހައްޓާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީއާ ހަވާލާދީ އެ ޕާޓީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައި އެވެ.
ޕާކިސްތާނުގެ ފުލުހުންގެ އޮފިޝަލަކު އެޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ) ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ ހަސަން ހުންނެވީ ބަންދުގައި ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި މިވަނީ ޕާޓީގެ މެމްބަރުން ތަކެއް ގެއްލިފައިވާ ކަމުގެ އިންޒާރު ދެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ވިދާޅުވީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 10 މީހަކު ގެއްލުނީ "އެއްވެސް ނިޝާނެއް ނެތި" ކަމަށެވެ.
ބެލެވޭ ގޮތުގައި ހަސަން ހައްޔަރުކުރީ މި ތުހުމަތުތައް ކުރުމާއި ގުޅިގެންނެވެ.
ގުޅުންހުރި

އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

ޕާކިސްތާނު އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއް: ބަދަލު ހިފާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި

ޕާކިސްތާނުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން މަރުވެއްޖެ
