logoEN
cocacola
ސްކޫލު ޗުއްޓީތަކުގައި ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް ސްކޫލުތަކަށް އެޑިއުކޭޝަނުން އަންގައިފި

ސްކޫލު ޗުއްޓީތަކުގައި ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް ސްކޫލުތަކަށް އެޑިއުކޭޝަނުން އަންގައިފި

އަހުމަދު ޝުރާއު

logo

7/22/2024, 4:07:17 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

ސްކޫލު ޗުއްޓީތަކުގައި ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު އަންގައިފި އެވެ.

ގޮސިޔާ

ޕާމަނެންޓް ސެކެޓްރީ ޝިފާޒްގެ ސޮއާއި އެކު އެ މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.

ގާފު ނޫހަށް ވަނީ މި ސާކިއުލާގެ ކޮޕީއެއް ލިބިފައި އެވެ.

މި ސާކިއުލާއާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން އަދި މިހާތަނަށް މީޑިއާތަކަށް މައުލޫމާތު ދީފައި ނުވާއިރު ސްކޫލުތަކުން މުދައްރިސުން ލައްވާ އިތުރަށް އަދި ރަސްމީ ގަޑިތަކުގައި ނޫން ގަޑިތަކުގައި އިތުރު މަސައްކަތްތައް ކުރުމަށް ސްކޫލުތަކަށް ހާޒިރުކުރާ މައްސަލަ އަކީ ޒަމާނުއްސުރެ އޮންނަ މައްސަލަ އަކަށެވެ.

މިކަމާއި ގުޅިގެން ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވަނީ ޓީޗަރުންގެ "ވޯކްލޯޑް" ކުޑަކުރުމަށް މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ