logoEN
cocacola
ކީ ސްޓޭޖް 3 އަށް ޚާއްޞަކޮށްގެން ނާލޯ އައިޓަމް ޑިވެލޮޕްމަންޓް ވޯކްޝޮޕް ފަށައިފި

ކީ ސްޓޭޖް 3 އަށް ޚާއްޞަކޮށްގެން ނާލޯ އައިޓަމް ޑިވެލޮޕްމަންޓް ވޯކްޝޮޕް ފަށައިފި

އަހުމަދު ޝުރާއު

logo

6/29/2024, 3:44:21 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

ކީ ސްޓޭޖް 3 އަށް ޚާއްޞަކޮށްގެން ނޭޝަނަލް އެސެސްމެންޓް ފޮރ ލަރނިންގ އައުޓްކަމްސް (ނާލޯ) އައިޓަމް ޑިވެލޮޕްމަންޓް ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.

ގޮސިޔާ

މި ވޯކްޝޮޕްގައި ރާއްޖޭގެ އެކި ސްކޫލުތަކުން 30 ޓީޗަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ސައިންސް، އިނގިރޭސި ބަސް އަދި ހިސާބު މާއްދާ ކިޔަވައިދެއްވާ ޓީޗަރުން ހިމެނެއެވެ. މީގެ އިތުރުން މި ވޯކްޝޮޕްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ 12 މުވައްޒަފުންނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ 3 މުވަޒަފުންނާއެކު، ޖުމްލަ 45 ބޭފުޅުން ބައިވެރިވެއެވެ.

8 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ވޯކްޝޮޕްގެ ބައިވެރިން 4 ދުވަހުގެ ޓްރެއިނިންގ ސެޝަންތަކެއް ފުރިހަމަ ކުރާނެއެވެ. މި ސެޝަންތައް ކުރިއަށްގެންދަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ ކޮންސަލްޓަންޓުންނެވެ. އެއަށް ފަހު، އެކި މާއްދާތަކަށް ކިޔަވައިދެއްވާ ޓީޗަރުން ގުޅިގެން ކީ ސްޓޭޖް 3 ގެ ނާލޯއަށް ބޭނުންވާ އައިޓަމްތައް ތައްޔާރުކުރާނެއެވެ.

ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި ކީ ސްޓޭޖް 1 އަދި 2 ފުރިހަމަކުރާ ދަރިވަރުންނަށް ޤައުމީ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަހާއި ހިސާބު ޢިލްމު ހާސިލުވެފައިވޭތޯ ބެލުމަށް، ކޮންމެ 3 އަހަރުން އެއް އަހަރު ނާލޯ މެދުވެރިކޮށް ޓެސްޓްކޮށް، އެ ޓެސްޓްގެ ނަތީޖާ އިވެލުއޭޓްކުރެއެވެ. އެއަށްފަހު، މި އިވެލުއޭޝަންގެ މައްޗަށް ބިނާކޮށް އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ސްކޫލް ލެވެލްގައި ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތްކުރެވެއެވެ.

މިއަދު މި ފެށި ވޯކްޝޮޕަކީ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޭ.އީ.ޑީ.ޕީ އަކީ ވޯލްޑް ބޭންކްގެ އެހީއާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ