logoEN
cocacola
ހުވަދޫ އަތޮޅުގެ ދިވެހި ކިޔަވައިދޭ މުދައްރިސުންނަށް ޚާއްޞަ ތަމްރީނެއް ކުރިއަށްގެންގޮސްފި

ހުވަދޫ އަތޮޅުގެ ދިވެހި ކިޔަވައިދޭ މުދައްރިސުންނަށް ޚާއްޞަ ތަމްރީނެއް ކުރިއަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

8/6/2024, 6:43:18 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

ގދ އަދި ގއ އަތޮޅުގެ ސްކޫލުތަކުގައި ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ގޮސިޔާ

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާއެކުގައެވެ.

އެއް ދުވަހުގެ މުއްދަތަށް ގދ. އަތޮޅު މަދަރުސާގައި ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ދިވެހި މާއްދާ ކިޔަވައިދެއްވާ 27 މުދައްރިސުން ބައިވެރިވިއެވެ.

މީގެ އިތުރުން ގދ. އަތޮޅު މަދަރުސާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން، ސަބްޖެކްޓް އިމްޕްރޫވްމަންޓާއި ސްކޫލް ހިންގުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައި ވެއެވެ.

މިއީ އެ ސްކޫލުގެ މެނޭޖްމަންޓުގެ އެދިލެއްވުމަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ