logoEN
cocacola
ހިޒްބުالله އިން ޔަހޫދީންގެ އަސްަކަރީ މަރުކަޒަކަށް ހަމަލާދީފި

ހިޒްބުالله އިން ޔަހޫދީންގެ އަސްަކަރީ މަރުކަޒަކަށް ހަމަލާދީފި

އަހުމަދު ޝުރާއު

logo

7/22/2024, 1:29:32 PM

# ޣައްޒާ

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ޔަހޫދީން އިޒްރޭލުގެ އަސްަކަރީ މަރުކަޒަކަށް ހަމަލާދީފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ހިޒްބުالله އިން ވަނީ ލުބުނާނާއި އިޒްރޭލު ގުޅޭ އުތުރުގެ ސަރަހައްދުގައި އޮންނަ މަލްކިއާ އާބާދީ ކައިރީގައި އިޒްރޭލުގެ އަސްކަރީ ސައިޓަށް ހަމަލާ ދިން ކަމަށް ބުނެފަ އެވެ.

ޓެލެގްރާމްގައި އެ ޖަމާއަތުގެ ބަޔާނުގައި ބުނެފައި ވަނީ މި ހަމަލާ ދީފައި ޑްރޯންއަކުން ކަމަށާއި މި ހަމަލާގައި އިޒްރޭލުގެ އަސްކަރީ ބަންކަރަކަށް ގެއްލުންވެ، އަލިފާން ރޯކޮށް، އޭގެ ބައެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ހުއްޓާލާނެ ކަމަށް ހިޒްބުالله އިން އަންނަނީ އަބަދުވެސް ބުނަމުންނެވެ.

ހިޒްބުالله ގެ އިތުުރުން ހަމާސްއިންވެސް މިއަދު ވަނީ ޔަހޫދީންގެ އަސްކަރީ އަމާޒުތަކަށް މިއަދު ހަމަލާތަކެއް ދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ