
-
ތަޖުރިބާކާރު ނާރުގެ ޑޮކްޓަރ, ޑރ. އަލީ ނިޔާފް އޭޑީކޭ ދޫކޮށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އާ ގުޅިވަޑައިގެންފި އެވެ.

ޑރ. ނިޔާފް އޭޑީކޭ ހޮސްޕިޓަލުން ވަކިވެވަޑައިގެންނެވީ 9 އަހަރަށްވުރެ ގިނަ ދުވަހު އެ ހޮސްޕިޓަލުގައި ހިދުމަތް ކުރެއްވުމަށް ފަހުގައެވެ.
އައިޖީއެމްއެޗުން ބުނީ, ޑރ ނިޔާފް އައިޖީއެމްއެޗާ ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޑރ. ނިޔާފާއެކު ހޮސްޕިޓަލްގެ ޤާބިލުކަން އިތުރުވެ، ބަލިމީހުންނަށް ރަނގަޅު ފަރުވާތަކެއް ފޯރުކޮށްދިނުމުގެ އަމާޒަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އޭޑީކޭ އިން "އެކްސް" ގައި ކުރި ޕޯސްޓެެއްގައި ވަނީ، އެ ހޮސްޕިޓަލްގެ ނިއުރޯ ޑިޕާޓްމަންޓުގައި ޑރ. ނިޔާފް ކުރައްވާފައިވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ޑރ.ޢަލީ ނިޔާފަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން ގެ އިތުރުން، ނިއުރޯސާޖަރީއާ ގުޅޭ އެކިއެކި ދާއިރާތަކުން ދިރާސާ ހައްދަވައި ދިރާސާތަކުގެ ނަތީޖާ ޝާއިއު ކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ. އޭނާ ވަނީ، އެމެރިކާ، ރަޝިއާ، އިންޑިއާ އަދި ބްރެޒިލްގެ އިތުރުން ނޭޕާލުން ތަޢުލީމާއި ތަމްރީން ހާސިލްކުރައްވާފައެވެ.
ގުޅުންހުރި

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އައިޖީއެމްއެޗްގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް ބަލަނީ

މާދަމާ އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީއާއި އެހެނިހެން ކްލިނިކް ޚިދުމަތްތައް ބަންދުވާނެ!
