logoEN
cocacola
ފ. އަތޮޅުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ފ. އަތޮޅުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

އަލްފާ އަލީ

logo

7/22/2024, 9:15:50 AM

# ފުލުހުން

-

ފ. އަތޮޅުގެ ހުރިހާރަށެއްގެ މުއައްސަސާތަކުގެ މުވައްޒަފުން ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.

ގޮސިޔާ

ޖުލައި 18 އިން 21 އަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި ސިއްހީ ދުޅަހެޔޮކަމާ އެއްވަރަށް ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާއި، ސްޓްރެސްގެ ބާވަތްތަކާއި، ސްޓްރެސް މެނޭޖްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

މި ޕްރޮގްރާމުގައި، ފ. އަތޮޅުގެ ހުރިހާ ރަށެއްގެ މުއައްސަސާތައް ހިމެނޭހެން 331 މުވައްޒަފުން ބައިވެރިވިއެވެ.

މި ޕްރޮގްރާމް ހިންގާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީން އާއި ފ. އަތޮޅު ފުލުހުންނާއި އަތޮޅު ކައުންސިލުގެ އިތުރުން ފ. އަތޮޅު ހޮސްޕިޓަލާއި ރަށްރަށުގެ ކައުންސިލުތައް ގުޅިގެންނެވެ.

މި ޕްރޮގްރާމަކީ ނަފުސާނީ ދުޅަހެޔޮކަމަށް މުވައްޒަފުން އަހުލުވެރިކުރުވައި ނަފުސާނީ ބަލިތަކާ މެދު އޮންނަ ސްޓިގްމާ ދަށްކުރުމާ އަދި ނަފުސާނީ ބަލިތައް ދެނެގަންނާނެ ގޮތާއި، އެ ބަލިތަކުގެ އަލާމާތްތައް ވީހާވެސް އަވަހަށް ދެނެގަނެ މެނޭޖް ކުރާނެގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ