logoEN
cocacola
ބޮލީވިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 20 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ބޮލީވިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 20 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

7/21/2024, 5:54:51 PM

# ބޮލީވިއާ

--

ބޮލީވިއާގެ އެންޑީސްގެ ހައިވޭއެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ,.

ގޮސިޔާ

އެގައުމުގެ ފުލުހުން ބުނާގޮތުގައި ޓްރަކަކާއި ބަހެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 22 މީހުން މަރުވެ 16 މީހުން ވަނީ ޒަހަމްވެފައި އެވެ.

މަރުވި މީހުންގެ ތެރެއިން 14 މީހަކު މިހާތަނަށް ދެނެގަނެވިފައިވާއިރު ޗިލީގެ ފޮރިން މިނިސްޓްރީއިން ވަނީ އޭގެ ތެރޭގައި ޗިލީގެ ރައްޔިތަކު ވެސް ހިމެނޭ ކަން ކަށަވަރުކޮށްދީފައި އެވެ.

މީގެ ކުރިން އޮފިޝަލުން ވަނީ މަރުވި މީހުންގެ ތެރޭގައި އެ ދެ ވެހިކަލްގެ ޑްރައިވަރުން ވެސް ހިމެނޭ ކަމަށް ބުނެފަ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބޮލީވިއާގެ އަވަށެއް ކަމަށްވާ ޕަޓަކަމަޔާ އާއި ޗިލީގެ އުތުރުގައި އޮންނަ ޓަމްބޯ ކުއެމާޑޯ އަވަށާ ދެމެދު އޮންނަ މަގެއްގައި ކަމަށް ޔުނިޓެލް ޗެނަލުން ބުނެއެވެ. ދެކުނު އެމެރިކާގެ ދެ ގައުމު ގުޅުވައިދޭ ބިޒީ ވިޔަފާރީގެ އަދި ފަތުރުވެރިކަމުގެ މަގުގައި އެކްސިޑެންޓުވި ބަސް ދިޔައީ ޗިލީއާ ދިމާއަށެވެ.

ޓްރެފިކް އޮފިސަރު ނީލޯ ޓޮރިކޯ ވިދާޅުވީ ވެހިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޓްރަކް ހުރަސްކުރީ އަނެއް ލޭނަށް ކަން އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ