logoEN
Sto top
ކައުންސިލަރުން ނާރެސް ޕޯޓަލްއަށް އަހުލުވެރި ކުރުވައި، އިނގިލީގެ ނިޝާން ނަގާ ޑިވައިސް ހަވާލުކޮށްފި

ކައުންސިލަރުން ނާރެސް ޕޯޓަލްއަށް އަހުލުވެރި ކުރުވައި، އިނގިލީގެ ނިޝާން ނަގާ ޑިވައިސް ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

7/21/2024, 3:22:27 PM

# ޑީއެންއާރް

--

ށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ "ނާރެސް" ޕޯޓަލް އަށް، ކައުންސިލަރުން އަހުލުވެރިކުރުވުމުގެ ގޮތުން ހިންގި ޓްރެއިނިން ސެޝަންތަކަށް ފަހު، އިނގިލީގެ ނިޝާން ނަގާ ޑިވައިސް ކައުންސިލްތަކާ ހަވާލު ކޮށްފި އެވެ.

Wamco

ޑީއެންއާރުގެ ފަރާތުން ހޮނިހިރު ދުވަހު އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަންތަކަށް ފަހު ކައުންސިލްތަކާ ހަވާލު ކުރި ޑިވައިސް ތަކަކީ، 10 އިނގިލީގެ ނިޝާން އެއްފަހަރާ ނެގޭ ޑިވައިސްތަކެކެވެ.

ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނާރެސް ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ. މާލެ އެކޭ އެއްފަދައިން އައިޑީ ކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside