
-
ޗައިނާގެ އުތުރުގެ ޕްރޮވިންސް ޝާންޝީގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހައިވޭ ބްރިޖެއް ވެއްޓި 11 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:40 ހާއިރު ޝަންގްލުއޯ ސިޓީގައެވެ. މި ހާދިސާ ހިނގީ "ކުއްލިއަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން" ކަމަށާއި ބްރިޖުމަތިން ވެއްޓުނު ފަސް ވެހިކަލެއްގައި ތިބި މީހުން ހޯދާފައިވާ ކަމަށާއި އެމީހުން ބްރިޖު އަޅާފައި އޮތް ކޯރުން ނެގި އިރު މަރުވެފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.
އެގޮތުން މިހާތަނަށް މަރުވެފައިވާކަމަށް އިއުލާނުކޮށްފައިވާ 11 މީހުންނަނަކީ އެ ފަސް އުޅަނދުގައި ތިބި މީހުން ކަމަށް ރިޕޯޓުތައް ވަނީ ބުނެފައި އެވެ.
ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނީ ހައިވޭ ބްރިޖް ތިރީގައި އޮތް ކޯރަށް ވެއްޓި 20 އެއްހާ ވެހިކަލާއި 30 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަމަށް ޓަކައި ގެއްލުނު އެންމެން ހޯދައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަމުަރުކުރައްވާފައި އެވެ.
ގުޅުންހުރި

ޗައިނާގެ މާރުކޭޓެއްގައި ރޯވެ 8 މީހުން މަރުވެއްޖެ

ފިލިޕީންސާއި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަސްކަރީ އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާ ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގް ކޮމިޓީގެ ވައިސް ޗެއަރމަން ރާއްޖޭގައި!
