logoEN
cocacola
ނަސީރު ސްޕޯޓްސް އެކަޑަމީގެ މީޑީއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް!

ނަސީރު ސްޕޯޓްސް އެކަޑަމީގެ މީޑީއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް!

ހަސަން ޝަމްއޫން

logo

7/20/2024, 4:37:39 PM

# ދިވެހި ކުޅިވަރު# ނަސީރު ސްޕޯޓްސް އެކަޑަމީ

ނަސީރު ސްޕޯޓްސް އެކަޑަމީގެ ރައީސް ނަސީރު އިސްމާއިލް (ކ)، ގާފު މީޑިޔާ ގުރޫޕްގެ މާކެޓިން މެނޭޖަރ މުހައްމަދު މުއައްވަޒު (ވ)..

ރާއްޖޭގެމިވަގުތު ހަރަކާރްތެރިވަމުން އަންނަ މަޝްހޫރު ކުޅިވަރު އެކަޑަމީއެއް ކަމަށްވާ، ނަސީރު ސްޕޯޓްސް އެޑަމީގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސައިފި އެވެ.

ގޮސިޔާ

ނަސީރު ސްޕޯޓްސް އެޑަމީގެ އޮންލައިން މީޑިއާ ޕާޓްނަރަކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެޑަމީގެ ރައީސް އަދި ހެޑްކޯޗު ނަސީރު އިސްމާއިލް އެވެ. ގާފު މީޑިއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ގާފު އޮންލައިންގެ މާކެޓިން މެނޭޖަރ މުހައްމަދު މުއައްވަޒުއެވެ.

މި އެއްބަސްވުމުގެ ދަށުން އެ އެކަޑަމީގެ ފަރާތުން ކުރިޔަށްގެންދާ އަދި ބައިވެރިވާ ހަރަކާތްތަކުގެ ފޮޓޯ، ވީޑިއޯގެ އިތުރުން މައުލޫމާތާއި ޚަބަރު ގާފު ނޫހުން ގެނެސްދޭނެ އެވެ.

ނަސީރު ސްޕޯޓްސް އެކަޑަމީއަކީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖެގައި ކުރު ދުވުމާއި ދިގު ދުވުމުގެ އިތުރުން ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމަށް ދުވާ ފަރާތްތައް ތަމްރީނުކުރުމުގައި މަސައްކަތް ކުރަމުންދާ އެކަޑަމީ އެކެވެ. އަދި ފާއިތުވެދިޔަ އަށް ވަރަކަށް އަހަރުތެރޭގައި 2000 އަށްވުރެ ގިނަ އެތްލީޓުން ވަނީ މި އެކަޑަމީ އިން ތަމްރީން ހޯދާފައެވެ.

އެގޮތުން އޭގެ ތެރެއިން ގިނަ އެތްލީޓުންތަކެއްވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު އެކިއެކި މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ