logoEN
cocacola
ޔަމަނުގެ ހުދެއިދާ ސިޓީއަށް ދިން ހަމަލާގެ ޒިންމާ ޔަހޫދީން ނަގައިފި

ޔަމަނުގެ ހުދެއިދާ ސިޓީއަށް ދިން ހަމަލާގެ ޒިންމާ ޔަހޫދީން ނަގައިފި

އަހުމަދު ޝުރާއު

logo

7/20/2024, 4:35:00 PM

# ހޫތީން

ޔަމަނުގެ ހުދެއިދާ ސިޓީއަށް ދިން ހަމަލާގެ ޒިންމާ ޔަހޫދީ އިޒްރޭލުން ނަގައިފި އެވެ.

ގޮސިޔާ

ޔަމަނުގެ ހުދައިދާ ބަނދަރުގައި ހުރި އަސްކަރީ އަމާޒުތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ވަނީ ކަށަވަރުކޮށްދީފައި އެވެ.

އޭނާ ބުނި ގޮތުގައި އިޒްރޭލުގެ ޖެޓްތަކުން ހަމަލާދީފައި ވަނީ ޔަމަނުގެ ހުދައިދާ ބަނދަރު ސަރަހައްދުގައި ހުންނަ ހޫތީ ޓެރަރިސްޓް ސަރުކާރުގެ އަސްކަރީ އަމާޒުތަކަށެވެ.

މި ހަމަލާތަކާއި ގުޅިގެން އަދި މިހާތަނަށް ސީދާ ހޫތީންގެ ފަރާތުން ވަކި އެއްޗެކޭ ބުނެފައި ނުވާއިރު މިއީ ޔަމަނާއި އިޒްރޭލުގެ ދެމެދުގައި ހަނގުރާމަ ފެށުމުގެ ކޮޅު މަތި ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޔަހޫދީންގެ މި ހަމަލާގައި ބަޔަކު ޝަހީދުވެފައިވާކަން ޔަމަނުގެ ނޫސްތަކުން ބުނާއިރު މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ