logoEN
Sto top
ޒުވާން ޚަތީބުންގެ އިންޓަވިއު އައްޑޫ ސިޓީގައި

ޒުވާން ޚަތީބުންގެ އިންޓަވިއު އައްޑޫ ސިޓީގައި

އަލްފާ އަލީ

logo

7/20/2024, 12:34:51 PM

# ޒުވާން ޚަތީބުން# އިސްލާމިކް މިނިސްޓްރީ

-

ޒުވާން ހަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދެވަނަ ބުރުގެ އިންޓަވިއުތައް އައްޑޫ ސިޓީގައި ފަށައިފި އެވެ.

Wamco

ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ހިންގާ ޚަތީބުންގެ ދެވަނަ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 206 ފޯމް ވަނީ ހުށަހަޅާފައެވެ.

މިކަމަށް ކުރިމަތިލި ކުދިންގެ އިންޓަވިއުތައް މިމަހުގެ 14 ވަނަ ދުވަހު މާލޭގައި ފަށާފައިވާއިރު, އިންޓަވިއުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގައިވެސް ކުރިއަށް އެބަ ގެންދެއެވެ.

View post on Twitter

އިސްލާމިކް މިނިސްޓްރީ ބުނީ ދެވަނަ ބުރުގެ އިމްތިހާނު ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރުން އޮންނާނީ އައްޑު އާއި އާއި މ. އަތޮޅުގަ އެވެ.

ޚަތީބުން ތަމްރީނު ކުރުމަށް މި އަހަރުގެ ކުރީކޮޅު ހިންގި ފުރަތަމަ ބެޗަށް 160 ޒުވާނަކު ކުރިމަތިލި އެވެ. އަދި ތަމްރީނު ޕްރޮގްރާމް ފެށީ 77 ބައިވެރިންނާ އެކުގައެވެ. އަދި ޚަތީބުކަމުގެ ހުއްދަ 57 ޒުވާނަކަށް ދިނީ މާޗް މަހުގެ ކުރީކޮޅު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC