
--
މ މުއްޔަށް ކަރަންޓު ދެމުން އަންނަ އިންޖީނު ތަކަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން އެރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވުމުން އެރަށުގެ ހާލަތު މޮނީޓާރ ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.

އެޗްއާރްސީއެމުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 2024 ޖުލައި 17 ވަނަ ދުވަހުގެ ހެނދުނު 8:40ން ފެށިގެން މ. މުލީގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމާއި ގުޅިގެން މިކަން މިދަނީ އެކޮމިޝަނުން މޮނީޓަރކުރަމުން ކަމަށެވެ.
އަދި މިކަމާއި ގުޅިގެން އެކޮމިޝަނުން ދަނީ އިދާރާތަކާއިއެކު މަޝްވަރާކޮށް އަވަސްހައްލެއް ލިބޭތޯބަލަމުން ކަމަށްވެސް ވަނީ ބުނެފައި އެވެ.
އެޗްއާރްސީއެމުން ބުނީ ކަރަންޓުގެ ޚިދުމަތްފަދަ އަސާސީ ހައްޤެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑިފައިވުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްޤުތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމެއްކަމުގައިވާތީ މިއީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައި އެވެ.
މި މައްސަލައަށް ހައްލެއް ލިބުމާއިހަމައަށް އެކަން ކޮމިޝަނުން ވަރަށް ގާތުން މޮނީޓަރ ކުރަމުންދާނެކަމަށްވެސް އެޗްއާރްސީއެމުން ބުނެއެވެ.
މުއްޔަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކަރަންޓު ކެނޑުނު ވަގުތުން ފެށިގެން ކުރަމުންނެވެ. ފެނަކައިން މިއަދު ބުނީ މިވަގުތު، އިތުރު 600 ކވ ގެ އައު ޖަނަރޭޓަރެއް އެރަށަަށް ގެންދެވިފައިވާ އިރު، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އެރަށު ފެނަކަ ބްރާންޗުން ބައެއް މީޑިއާތަކަށް މައުލޫމާތު ދޭގޮތުގައި ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފ އަތޮޅުގެ ފެނަކަ ޓީމެއް އެރަށަށް ގޮސް ހަރަކާތްތެރިވަމުން އަންނަ އިރު މިހާރު ރަށުގެ ބައެއް ސަރަހައްދުތަކަށް އަންނަނީ ކަރަންޓު ދެމުންނެވެ. އަދި މަސައްކަތް އެއްކޮށް ނިންމައި މިރޭ ރަަށަށް ކަރަންޓު ދެވޭނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ޢައްޔަންކުރައްވައިފި
