logoEN
PNC TOP 3
އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

1/6/2026, 7:37:51 AM

# އެޗްއާރްސީއެމް

-

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސަކަށް ކުރީގެ މިނިސްޓަރު ޑރ ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންގެ ފާސްކޮށްފިއެވެ.

PNC MID 2

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައްސަލަ ހިޔުމަންރައިޓްސް އެބްޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެނާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި 38 މެންބަރުންގެ އިއްތިފާގުންނެވެ.

ކުރީން މިނިސްޓަރުކަން ކުރެއްވި ޑރ. ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުކަމުން އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުންގެ ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް މުނާގެ އިތުރަށް ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބް އާއި އަޙްމަދު މަޤުސޫމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC