logoEN
Sto top
ގއ އަތޮޅުގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށަނީ

ގއ އަތޮޅުގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށަނީ

އަހުމަދު ޝުރާއު

logo

7/18/2024, 4:12:03 PM

# ޑީއެންއާރް

--

ގއ. އަތޮޅު ކައުންސިލާއެކު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަށް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއީ ގއ. އަތޮޅު ކައުންސިލްއާ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

Wamco

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޑީ.އެން.އާރު ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބް އަޙްމަދު އާލީއެވެ. ގއ. އަތޮޅު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް ޢިބްރާޙީމް ޝަހީންއެވެ.

މިކަމާއި ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ނައިބު އަދި ޑީއެންއާރްގެ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި އަޙްމަދު އާލީ ވިދާޅުވީ މި ސޮއި ކުރެވުނު ފަހުމުނާއާއެކު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރ) އިން ބުނެފައިވަނީ އިއްޔެ ސޮއިކުރި ފަހުމުނާމާއަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ފޯރުކޮއްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian