logoEN
cocacola
މިމަހު ކުރީކޮޅު ކުޅުން ހުއްޓާލިކަން އިއުލާންކުރި ތިއާގޯ ބާސެލޯނާގެ ކޯޗިން ޓީމާއެކު

މިމަހު ކުރީކޮޅު ކުޅުން ހުއްޓާލިކަން އިއުލާންކުރި ތިއާގޯ ބާސެލޯނާގެ ކޯޗިން ޓީމާއެކު

ހަސަން ޝަމްއޫން

logo

7/18/2024, 12:56:20 PM

# ބާސެލޯނާ# ބޭރު ދުނިޔޭގެ ކުޅިވަރު

ތިއާގޯ އަލްކަންޓަރާ

މިމަހުގެ ކުރީކޮޅު ފުޓްބޯޅައިން ރިޓާޔާ ކުރިކަން އިއުލާންކިށްފައިވާ ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ ބާސެލޯނާގެ ކޯޗިން ޓީމާއި ގުޅިފައިވާކަމަށް މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ގޮސިޔާ

ކުރިން ސްޕެއިންގެ ބާސެލޯނާއި ޖަރުމަނުގެ ބަޔާން މިއުނިކްގެ އިތުރުން ޕްރެމިއާ ލީގުގެ ލިވަޕޫލަށް ކުޅުނު ތިއާގޯ އުމުރުން 33 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އަނިޔާގެ ސަބަބުން އަހަރަކަށްވުރެ ގިނަދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ.

2008 ވަނަ އަހަރު ބާސެލޯނާގެ ޔޫތު ޓީމުން ފުޓްބޯޅަ ކެރިއަރުފެށި ތިއާގޯ އެކުލަބުގެ ސީނިއާ ޓީމުން ޖާގަ ހޯދަންފެށީ 2009 ވަނަ އަހަރުއެވެ. އަދި ފަސް އަހަރު އެކުލަބަށް ކުޅުމަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކަށް ތިއާގޯ ބަދަލުވީ 2013 ވަނަ އަހަރު އެވެ. އަދި ހަތް އަހަރު ބަޔާނަށް ކުޅުމަށްފަހު ޕްރެމިއާ ލީގުގެ ލިވަޕޫލަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ.

ތިއާގޯ ބާސާގެ އާ ކޯޗު ފްލިކާއެކު މިހާރު މަސައްކަތް ފަށާފައިވާ އިރު، ބާސާގެ ޕްރި ސީޒަން ޓުއާގައިވެސް އޭނާ ބައިވެރިވާނެއެވެ. އެގޮތުން ބާސާއިން ޕްރި ސީޒަނުގައި އެމެރިކާއަށް ކުރާ ދަތުރުގައި ފްލިކްގެ އެސިސްޓެންޓެއްގެ ގޮތުގައި ތިއާގޯ މަސައްކަތް ކުރާނެކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ