
އަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުން ފާޙަގަކުރުމަށް ބާއްވާނީ ޤައުމީ ފެންވަރުގެ ވަކި ހަފްލާއެއް - ޝަހީމް
# ޑރ ޝަހީމް# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
އަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުން ފާޙަގަކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ވަކި ހަފްލާއެއް ބާއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ޤައުމީ ޤުރުއާން ކިޔެވުމުގެ 36 ވަނަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ވަޒީރު ވިދާޅުވީ އެވުޒާރާއިން ގަސްތުކުރަނީ އަންނަ އަަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމުގެ ހަފްލާއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ހަފްލާއާއި ވަކީން ބޭއްވި ޤައުމީ ފެންވަރުގެ ބޮޑު އެއް ހަފްލާއަކަށް ހެދުމަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ ޒަމާނުއްސުރެ ޤުރުއާން ހިތުދަސް ކުރާ ހާފިޒުންނަށް އިނާމު ދިނުން ހިމެނިފައި އޮންނަނީ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރޭގައި ކަމަށައި އެގޮތަށް މީގެ ކުރިން އެކަން ކުރަމުން އައީ އެއީ ކުރީން ދަސްވެނިވާ ކުދިން މަދު ކަމުން ކަމަށެވެ. ނަމަވެސް މިހާރު އެއަދަދު 30 އަށްވުރެ މައްޗަށް ދާ ކަމަށާއި ދެހަރަކާތް އެއްކޮށް ކުރިޔަށް ގެންދިޔުމަކީ އެއްވެސް ހަރަކާތަކަށް ދޭން ޖެހޭ ހައްގު ގަދަރު ނުދެވި ދާކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެެހެން ކަމުން އަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމުގެ ހަފްލާ ބާއްވާނީ ޤައުމީ ފެންވަރުގެ ވަކި ހަފްލާއެއްގެ ގޮތުގައި ކަމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މިއަހަރު ރާއްޖެއިން ހާފިޒު ކަމުގެ ތާޖު 32 ފަރާތަކުން ވަނީ ހޯދާފައި އެވެ.
ގުޅުންހުރި

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ އިންޓަވިއު ފަށައިފި

ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާނީ ރައީސްގެ ދަކަނބަލުން!

ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދެނީ
.webp&w=3840&q=75)