logoEN
cocacola
ޖަމިއްޔާތަކަށްދޭ ގްރާންޓުތައް އަންނަ މަހުގެ ކުރީގެ ކޮޅު ހަވާލުކުރުމަށް މަސައްކަތް ކުރަނީ

ޖަމިއްޔާތަކަށްދޭ ގްރާންޓުތައް އަންނަ މަހުގެ ކުރީގެ ކޮޅު ހަވާލުކުރުމަށް މަސައްކަތް ކުރަނީ

އަހުމަދު ޝުރާއު

logo

7/16/2024, 11:45:06 AM

# ޔޫތު މިނިސްޓްރީ

--

އަންނަ މަހުގެ ކުރީ ކޮޅުގައި ގްރާންޓްތައް ހައްގުވެރި ޖަމިއްޔާތަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ރަޖިސްޓްރާ އަލީ ޝަކީލު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ، އެފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ ތެރޭގައެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި މިމަހު 4 ވަނަ ދުވަހު ހަމަވެފައިވާއިރު އެކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ރަޖިސްޓްރާ އަލީ ޝަކީލް ވިދާޅުވީ، މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި ދޭ ފައިސާގެ އެހީއާ އެހެނިހެން އެހީގެ އަދަދު މިއަށްވުރެ ފުޅާކުރުމަކީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުގެ ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށެވެ.

އެންޖީއޯ ރަޖިސްޓްރޭޝަން ޑިޕާޓްމަންޓުން މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ މިއަންނަ އަހަރު މިއަށްވުރެ ބޮޑެތި ގްރާންޓްތަކެއް މަދަނީ ޖަމިއްޔާޔަކަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް ޝަކީލު ވިދާޅުވިއެވެ.

"މިނިސްޓަރ ވަރަށް ބޮޑު ވިސްނުން ފުޅެއް އެއީ، މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި މިދޭ ފައިސާގެ އެހީއާ އެހެނިހެން އެހީގެ އަދަދު މިއަށްވުރެ ފުޅާކުރަން، އަޅުގަނޑުމެންގެ ޑިޕާޓްމަންޓުން މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ މިއަންނަ އަހަރު އަޅުގަނޑުމެންނަށް މިއަށްވުރެ ބޮޑެތި ގްރާންޓްތަކެއް މަދަނީ ޖަމިއްޔާތަކަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް." ޝަކީލު ވިދާޅުވިއެވެ.

ގްރާންޓްތަކުގެ އިތުރުން މަދަނީ މަޖިއްޔާތަކާއެކު ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދަވާ ކަމަށް ޝަކީލު ފާހަގަކުރެއްވިއެވެ.

ޝަކީލު ވިދާޅުވީ، އަންނަ މަހުގެ ކުރީ ކޮޅުގައި ގްރާންޓްތައް ހައްގުވެރި ޖަމިއްޔާތަކަށް ހަވާލުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"3 މިލިއަން ރުފިޔާގެ އަދަދަށް ޖުމްލަ ސީދާ ގްރާންޓްގެ އަދަދަކީ. އެހެންވީމާ އަޅުގަނޑުމެންނަށް ދަތި މިތައް ޖަމިއްޔާތަކަށް ކަން ލިބެނީ ބުނަން، އިވެލުއޭޝަނަށް ފަހު އަޅުގަނޑުމެނަށް އިނގޭނެ 12 ވިއްޔާ 12 ޖަމިއްޔާކަން، 15 ވިއްޔާ 15 ކަން، އަދި އެއްކޮށް މަސައްކަތްތައް ނުނިމޭތީ އަޅުގަނޑުމެންނަށް ސީދާ ބުނަން އުނދަގޫ" ޝަކީލް ވިދާޅުވިއެވެ.

އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްއިއްޔާތަކަށް އެކަންޏެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ