logoEN
cocacola
އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން 20 އިމާމުން މިރޭ ބުރޫނާއިއަށް ފުރަނީ

އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން 20 އިމާމުން މިރޭ ބުރޫނާއިއަށް ފުރަނީ

އަހުމަދު ޝުރާއު

logo

7/16/2024, 11:10:59 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ޚިދުމަތުގައި ތިއްބެވި އިމާމުން އިތުރަށް ތަމްރީންކުރުމަށް ހިންގާ ޤައުމީ މަޝްރޫޢުގެ ތެރެއިން ތަމްރީނަށް މިރޭ އިމާމުންތަކެއް ބުރޫނާއިއަން ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

ގޮސިޔާ

އެވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއި ދާރުއްސަލާމަށް ފުރާ އިމާމުންނާ ބައްދަލުކުރައްވާފައި އެވެ.

ވަޒީރު ވިދާޅުވީ މިރޭ ބުރޫނާއިއަށް ފުރުމަށް ހަމަޖެހިފައިވަނީ 20 އިމާމުން ކަމަށާއި މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުން ތަމްރީނަށްދާ 3 ވަނަ ފަހަރު ކަމަށެވެ.

ވަޒީރު ވިދާޅުވީ ތަމްރީނަށް މިއަހަރު ގެ މިހާތަނަށް 60 އިމާމުންވަނީ ރާއްޖެއިން ބޭރަށް ފޮނުވިފައި ކަމަށެވެ.

ޚިދުމަތުގައި ތިއްބެވި އިމާމުން އިތުރަށް ތަމްރީންކުރުމަށް ހިންގާ ޤައުމީ މަޝްރޫޢުގެ ތެރެއިން އަހަރަކު 700 އިމާމުން ތަމްރީން ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ