logoEN
cocacola
ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

7/16/2024, 9:59:22 AM

# ބިދޭސީން# ދިވެހި ފުލުހުންގެ ޙިދުމަތް

--

ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން 29 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާއާ މެދު ތުހުމަތު ކުރެވިގެން އެ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވެއެވެ.

އޭގެ އިތުރުން، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން މި މަހު 5 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ކަންނެލި ޖެޓީން ކަޅު ކޮތަޅުތަކެއް ހިފައިގެން ދެ ސައިކަލުގައި ދިޔަ ބަޔަކާމެދު ތުހުމަތުކުރެވިގެން މަޑުކުރަން ބުނުމުން އެމީހުން މަޑުނުކޮށް ގޮސްފައިވެއެވެ. އެހެންކަމުން އެމީހުން ދިޔަ ސަރަހައްދުތައް ސީސީޓީވީ ކެމެރާ މެދުވެރިކޮށް ދެނެގަނެ އެ ސަރަހައްދުތައް ބަލައިފާސްކުރިއިރު އެ މީހުން ގެންގުޅުނުކަމަށް ބެލެވޭ ކަޅުކޮތަޅުތައް އެ ސަރަހައްދުތަކުން ފެނިފައިވެއެވެ. އެ ކޮތަޅުތައް ބަލައިފާސްކުރިއިރު 120 ދަޅު ބަނގުރާ ފެނިފައިވެއެވެ.

މި ދެ މައްސަލަ ވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ