logoEN
cocacola
ކޮލަމްބީއާ ބަލިކޮށް އާޖެންޓީނާ އިން ތަށި ދިފާއުކޮށްފި

ކޮލަމްބީއާ ބަލިކޮށް އާޖެންޓީނާ އިން ތަށި ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

7/15/2024, 4:04:00 AM

# ކޮޕަ އެމެރިކާ# ބޭރު ދުނިޔޭގެ ކުޅިވަރު

އާޖެންޓީނާ އާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން

އެމެރިކާގައި ކުރިއަށްދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ހެނދު އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާ އާއި ކޮލަމްބިއާ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާޖެންޓީނާ އިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ގޮސިޔާ

އާޖެންޓީނާ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ކެނަޑާ ބަލިކުރުމަށްފަހުއެވެ. އަދި މިމުބާރާތުގައި ތަފާތު މޮޅު ކުޅުމެއްދެއްކި ކޮލަމްބިއާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން އުރުގުއާއީ ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާގުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްފައި ކޮލަމްބިއާގެ ފޯވާޑް ކޯޑޯބާ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އެޓީމުގެ މިޑްފީލްޑަރު ލެމާ ހާފު މެދެންހާ ހިސާބު ހުރެ ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މީގެ އިތުރުން މިހާފުގައި އާޖެންޓީނާ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން މެސީއަށެވެ. ނަމަވެސް ކޮލަމްބިއާ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި ކުރިއަށް ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ކުރިމަތީގައި ހުރި އާޖެންޓީނާ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފަހުހާފުގެ 66 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން މެސީއަށް އަނިޔާވެ ވަނީ ބަފަލުކޮށްފައެވެ. އަދި މިހާފުގައި ވެސް ދެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވި މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުން އާޖެންޓީނާ މޮޅުވި ލަނޑު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ލައުޓާރޯ މާޓިނޭޒް އެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖައަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މިއީ މިމުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ ހޯދި 16 ވަނަ ފަހަރެވެ. އަދި މިއީ ބޮޑު މުބާރާތެއްގެ ޗެންޕިއަންކަން އެޓީމުން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. އެގޮތުން އެޓީމުން ވަނީ މިމުބާރާތުގެ އިތުރުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑްކަޕްގެ ޗެންޕިއަންކަން ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ