logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ބްރައިޓަން އިން ޔުނައިޓެޑް ބަލިކޮށްފި

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ބްރައިޓަން އިން ޔުނައިޓެޑް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

8/24/2024, 2:07:59 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް# ބްރައިޓަން # އިނގިރޭސި ޕްރެމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން

އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ ބްރައިޓަން އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

ޔުނައިޓެޑް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފުލަމް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބްރައިޓަން އިން އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި އެވަޓަން އަތުން އެޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބްރައިޓަން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ޑެނީ ވެލްބެކް އެވެ. މިއީ އެޓީމުގެ ޖަޕާން މިޑްފީލްޑަރު މިޓޯމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުންވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޑިއާލޯ އެވެ. އަދި އޭގެ 10 މިނެޓުފަހުން އެޓީމުން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

މިމެޗުން ބްރައިޓަން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖައަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.

މިނަތިޖާއެކު ލީގުގައި ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނާގައި ބްރައިޓަން މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޔުނައިޓެޑް ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލިގު ތާވަލުގެ އަށް ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ