logoEN
cocacola
ޓްރަމްޕަށް ހަމަލާދިނުން - ހަމަލާދިން ޒުވާނާގެ ކާރުން ގޮވާތަކެތި ފެނިފައިވޭ!

ޓްރަމްޕަށް ހަމަލާދިނުން - ހަމަލާދިން ޒުވާނާގެ ކާރުން ގޮވާތަކެތި ފެނިފައިވޭ!

އަހުމަދު ޝުރާއު

logo

7/14/2024, 5:03:36 PM

# ޑޮނަލްޑް ޓްރަމްޕް

--

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް ބަޑިން ހަމަލާދިން ޒުވާނާގެ ކާރުން ގޮވާތަކެތި ފެނިފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ދުނިޔޭގެ ހަބަރުތައް އެންމެ ތާޒާކަމާއި އެކު ގެނެސްދޭ އެއް ނޫސް އޭޖެންސީ ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލްއާއި އޭޕީއިން އެނޫސްތަކުގެ މަސްދަރުތަކާއި ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި މަލާދިން ކަމަށް ޝައްކުކުރެވޭ މީހާގެ ކާރުން ތަހުގީގީ އިދާރާތަކަށް ގޮވާތަކެތި ފެނިފައިވާ ކަމަށެވެ.

ނަމަވެސް ފެނުނީ ކޮން ތަކެއްޗެއް ކަމެއް ނުވަތަ އެ ތަކެތި ހުރީ މިއަދުގެ ރެލީގައި ގޮއްވާލަން ތައްޔާރުކޮށްފައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާދިން މީހާ ދުއްވި ކާރު ޕާކްކޮށްފައި ވަނީ ޕެންސިލްވޭނިއާގެ ބަޓްލަރުގައި ހޮނިހިރު ދުވަހު ބޭއްވި ޓްރަމްޕްގެ އެއްވުން ކައިރީގައި އެވެ.

އެމެރިކާގެ އެންމެ މަތީ ތަހުގީގު އިދާރާ އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނީ ޕެންސިލްވޭނިއާގެ ބަޓްލަރުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދިނީ ޕެންސިލްވޭނިއާގެ ބެތެލް ޕާކްގެ ތޯމަސް މެތިއު ކްރޫކްސް، 20، ކަމަށެވެ.

އެފްބީއައި އިން ބުނީ އޭނާ ޓްރަމްޕުއަށް ހަމަލާދީފައިވަނީ އުސް އިމާރާތެއްގައި ހުރެކަމަށާއި އެފްބީއައިއޭގެ ސިފައިން ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ.

ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނީ ހަމަލާދިން މީހާ ހުރީ އެއްވުން ބާއްވާ ތަނުގެ ބޭރުގައި ހުރި އިމާރާތެއްގެ ފުރާޅުމަތީގައި ކަމަށެވެ.

އުމުރުން 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސްގެ ސިޔާސީ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާއަކީ ޓްރަމްޕު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންސްގެ އާންމު މެމްބަރެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕް އަވާހަރަކޮށްލުމަށް ހަމަލާދީފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ. އެގޮތުން މި ހަމަލާގައި ވަޒަން އަރާފައިވަނީ ޓްރަމްޕުުގެ ކަންފަތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ