logoEN
cocacola
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާައި ބައްދަލުކުރައްވައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާައި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

7/14/2024, 2:55:51 PM

# ރައްޔިތުންގެ މަޖިލިސް# އެމްޑީޕީ

--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާައި ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މިއަދު ކުރިޔަށްގެންދިޔަ މި ބައްދަލުވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ އިދާރާގައި އެވެ. މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޑެޕިއުޓީ ޗެއާޕާސަންއާއި ސެކެޓްރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން އެމްޑީޕީއިން ބުނީ މި ބައްދަލުކުރެއްވުމުގައި މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ޗެއަރޕާސަން އެދިވަޑައިގެންނެވި ކަމަށެވެ. އަދި، މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް އެ ޕާޓީގެ ފަރާތުން އިލްތިމާސް ކުރެއްވި ކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައި އެވެ.

މިހިނގާ މަޖިލީހުގެ 20 ވަނަ ދައުރުގައި އެމްޑީޕީ ތަމްސީލުކުރައްވަނީ އެންމެ 12 މެމްބަރުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ