
ދޫނި ކޮއްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފުލުހުން ބަލަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް--
މާލޭގައި ހުރި ބޮޑު ދޫނި ކޮއްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މާލޭގެ އާޓިފިޝަލް ބީޗްގެ ފާހާނާ ބަރި ކައިރީގައި ހުރި ދޫނި ކޮއްޓެއްގައިދެ ފިރިހެނަކު ބަންދުކޮށްފައިވާ ވީޑިއޯއެއްދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެ ކޮށީގައި އެ މީހުން ތިބީ ހުސް ގަޔާއެވެ. ކޮށީގެ ބޭރުގައި ތިބި މީހުން ދިޔައީ ކޮށި ތެރޭގައި ތިބި މީހުންގެ ގަޔަށް ހޮޅިއަކުން ފެންޖަހަމުންނެވެ.
އަދި ބޭރުގައި ތިބި މީހުން ފައިސާގެ ކޮންމެވެސް ވާހަކައެއް ދެއްކިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ވީޑިއޯގައި ދައްކާ ވާހަކަ ސާފު އެހާ ސާފުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދެމީހުން ބަންދުކޮށްފައިވަނީ ރެސްޓޯރެންޓަކުން ކެއުމަށްފަހު ބިލް ނުދެއްކި މައްސަލައިގައެވެ.
ގުޅުންހުރި

ރަމަޟާންމަހަކީ އަމާން އަދި ރައްކާތެރި މަހެއްގެގޮތުގައި ދެމެހެއްޓުމަށް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް!
.jpeg&w=3840&q=75)
ވޭޕް ވިއްކަމުން ދިޔަ ދެތަން ރެއިޑްކޮށްފި: ބިދޭސީއަކު ހައްޔަރަށް!
.jpeg&w=3840&q=75)
މަސްތުވާތަކެއްޗާއިއެކު ހިޔާ ފްލެޓެއްގެ ސިޑިމަތިން ޒުވާނަކު ހައްޔަރުކޮށްފި
