logoEN
cocacola
ސްޓީއޯގެ އޭޖީއެމް: ހިއްސާއަކަށް 80ރ. ބަހަން ފާސްކޮށްފި

ސްޓީއޯގެ އޭޖީއެމް: ހިއްސާއަކަށް 80ރ. ބަހަން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

7/13/2024, 12:34:09 PM

# އެސްޓީއޯ

--

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 80ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފި އެވެ.

ގޮސިޔާ

ހުޅުލޭގައި ހުންނަ ނޫވިލު ސީޕްލޭން ޓާމިނަލްގައި ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 80ރ. ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99 ޕަސެންޓު ވޯޓުންނެވެ.

އެ ޖަލްސާގައި ބައިވެރިވީ 189 ހިއްސާދާރުންނެވެ.

މިއީ ފާއިތުވި 17 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ މަތީ އަދަދެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 18.2 ބިލިއަން ރުފިޔާއަށްވުރެ 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އަދި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބުނުއިރު 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 728 މިލިއަން ރުފިޔާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ