logoEN
cocacola
ފަލާހް ރައީސް ޔާމީނަށް: ފައިސާގެ ވާހަކަ ނޫން ވާހަކައެއް ތި ރައީސްއަށް ނުދެއްކެނި ކީއްވެ?

ފަލާހް ރައީސް ޔާމީނަށް: ފައިސާގެ ވާހަކަ ނޫން ވާހަކައެއް ތި ރައީސްއަށް ނުދެއްކެނި ކީއްވެ?

އަހުމަދު ޝުރާއު

logo

7/11/2024, 6:40:10 PM

# ރައީސް ޔާމީން# ޕީޖީ ލީޑަރު ފަލާހް

--

ރައީސް ޔާމީނަށް ފައިސާގެ ވާހަކަނޫން އެހެން ވާހަކައެއް ނުދެއްކެނީ ކީއްވެތޯ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ސުވާލުކުރައްވައިފި އެވެ.

ގޮސިޔާ

ފަލާހް މިފަދައިން ސުވާލުކުރެއްވީ މުލިއާގެއިން ދޮގުކުރިއަސް މެމްބަރުންނަށް ރައީސް ފައިސާ ދެއްވާ ކަމަށާއި މުލިއާގެ ރެއިޑްކޮށް އެކަން ބަލަން ޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިރޭ އޮތް ޖަލްސާއެއްގައި ވިދާޅުވުމާއި ގުޅިގެން ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ޔާމީނަށް ރައްދުދެއްވައި ފަލާހް ވަނީ އަމިއްލަ ފުޅު އެކައުންޓުގައި 200 މިލިއަން ރުފިޔާ ހުރުން މީ ކޮން ކަހަލަ ކަމެއްތޯ އާއި އެއީ ހަމަ ސައްހަ ފައިސާތޯ ސުވާލުކުރައްވާފައި އެވެ. އަދި މުލިއާ ގެއިން އެއްވެސް މެމްބަރަކަށް އެންމެ ރުފިޔާއެއްވެސް ނުދޭ ކަމަށާއ މިވަރުން ރައީސް ޔާމީނަށް ސާފުވާނެ ކަމަށް ހީކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް ބައިލައްކަ ރުފިޔާ ދެއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރުމާއި އެކު އެކަން ސަރުކާރުން ވަނީ ދޮގުކޮށްފައި އެވެ.

ނަމަވެސް މިރޭ ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަަފުޅު ދައްކަވަމުން ޔާމީން ވަނީ ސަރުކާރުން އެކަން ދޮގުކުރި ނަމަވެސް އެކަން އެގޮތަށް ހިނގާކަން އެނގިލައްވާފައިވާ ކަމަށް ވިދާޅުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ