
--
އައިޖީއެމްއެޗްގައި ޤާއިމްކުރި ހައްޖު ކްލިނިކުގެ ހިދުމަތް ހުއްޓާލައިފި އެވެ.

އެހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައްޖުން އެނބުރި ވަޑައިގެންނެވި ފަރާތްތަކަށް ޚާއްސަކޮށް ހުޅުވި ފްލޫ ކްލިނިކްގެ މިހިދުމަތް ހޯއްދަވާ ބޭފުޅުންގެ އަދަދު މަދުވެފައިވާތީ މިއަދުން ފެށިގެން ފްލޫކްލިނިކުގެ ހިދުމަތް ހުއްޓާލެވިފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ބޭފުޅުން ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ މާސްކު އަޅުއްވައިގެން ވަޑައިގަތުމަށް އެހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކު ގާއިމްކުރީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގަ އެވެ. މި ކްލިނިކުން ހިދުމަތް ދީފައިވަނީ ކޮންމެ ހެނދުނު ދުވަހެއްގެ 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ. މިއަހަރުގެ ކްލިނިކަށްވެސް ގިނަ ފަރާތްތަކުން ރޯގާގެ އަލާމާތްތަކާއި އެކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އައިޖީއެމްއެވުން ވަނީ މީގެ ކުރިން ބުނެފައި އެވެ.
ގުޅުންހުރި

ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ލިބޭނެ ގޮތް ހެދުމަށް އައިޖީއެމްއެޗުން އައިނު ވިޔަފާރިއަށް ވަންނަނީ
.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
