logoEN
cocacola
އައިއެޗްއެފް ޓްރޮފީ: ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށް ރާއްޖެއިން މުބާރާތް ފެށީ އިތުބާރާއެކު

އައިއެޗްއެފް ޓްރޮފީ: ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށް ރާއްޖެއިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

7/10/2024, 10:16:40 AM

# އައިއެޗްއެފް ޓްރޮފީ 2024# ހޭންޑްބޯލް މޯލްޑިވްސް

ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގެ 18 އަހަރުންދަށުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ އާއި ނޭޕާލް ވާދަކުރި މެޗު 36-31 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ޒުވާން ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

ދިވެހި ޓީމުގެ ފަރާތުން މޮޅު އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 17-15 ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ. އަދި ފުރަތަމަ ހާފެކޭ އެއްގޮތައް ދެވަނަ ހާފުގައި ވެސް ދިވެހި ޓީމުން ވަނީ މޮޅަށް ކުޅެ އިތުރު 19 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި ނޭޕާލް ޓީމުން ވެސް އިތުރު 16 ލަނޑު ކާމިޔާބުކުރިއެވެ.

މިމެޗުގައި ދިވެހި ޓީމުގެ ޝަހީމް ލަހުފާން އަހުމަދު 12 ލަނޑު ކާމިޔާބުކުރިއިރު، މުހައްމަދު ހުސެއިން އަފްޒަލް ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން ދިވެހި ޓީމުގެ ހަމްޒާ އިސްމާއިލް އިނާން އަދި ޝަފީގް އަބްދުﷲ އައްޒާމް މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، ޖަލީލް އަބްދުﷲ ނައިސަމް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ދިވެހި ޓީމުގެ އާއިލް މަޖީދު، ހާޝިމް މޫސާ މިންހާލް އަދި ފަޔާޒް މުހައްމަދު ދިނާން މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އަހުމަދު ޔޫސުފް އާކިފް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ޓީމުގެ ޝަހީމް ލަހުފާން އަހުމަދު އެވެ.

ޖުލައި މަހު 10-14 އަށް އިންޑިއާގެ ޖެއިޕޫރުގައި ކުރުއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން ޓްރޮފީ ޒޯން ދޭއްގައި އީސްޓް އަދި ސައުތު އޭޝިއާ ސަރައްދުން ރާއްޖޭގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގެ އިތުރުން އިންޑިއާ ވަނީ މިއަހަރު މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާއިރު، މިދެ އުމުރުފުރާގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ