logoEN
cocacola
ފަހަތުން އަރައި ފުރާންސް ބަލިކޮށް ސްޕެއިން ފައިނަލަށް

ފަހަތުން އަރައި ފުރާންސް ބަލިކޮށް ސްޕެއިން ފައިނަލަށް

ހަސަން ޝަމްއޫން

logo

7/9/2024, 8:57:48 PM

# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރު

ސްޕެއިން އާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން..

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ފްރާންސް ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާ އަކުން މޮޅުވެ ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފުއެވެ.

ގޮސިޔާ

ފުރާންސް މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ސްޕެއިން ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖައަކުން ޖަރުމަނު ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުރާންސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުއަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކޯލޯ މުއާނީ އެވެ. މިއީ އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސްޕެއިނުން މެޗުގެ މަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލްއެވެ. މިއީ ފްރާންސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު އުމުރުން އެންމެ 16 އަހަރުގެ ޔަމާލް ވެގެންގޮސްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީޚްގައި ލަނޑުޖެހި ކުޅުންތެރިއާ އަށެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެމިގެންދިޔައިރު، މިހާފުގައި ފުރާންސް ޓީމުގެ ކެޕްޓަން އެމްބާޕޭގެ އިތުރުން ޑިފެންޑަރު ހެނާންޑޭޒަށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަނީ ވަރަށް ހުސް ދެފުރުސަތު ލިބި ބޭނުންނުކުރެވިފައެވެ. އަދި މިހާފުގައި ސްޕެއިން ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ޔަމާލް އަށެވެ. ނަމަވެސް އެނާ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.

މީގެ އިތުރުން މިއީ 2012 ވަނަ އަހަރު ޔޫރޯގެ ޗެންޕިއަންކަން ހޯދިފަހުން ސްޕެއިން މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރަވެ. އަދި މިއީ 2021 ވަނަ އަހަރުގެ ޔުއެފާ ނެޝަނަލް ލީގު ފައިނަލުގައި ފުރާންސް އަތުން ބަލިވި ފަހުން މިދެޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މިމަހުގެ 15 ވަނަ ދުވަހު ކުޅެވޭ ފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ މާދަމާރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް އިންގްލެންޑާއި ނެދަލޭންޑްސް ވާދަކުރާ މެޗުން މޮޅުވާ ޓިމަކާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ