
ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގައި ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި
# ހުޅަނގު އައްސޭރިހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރާމަالله ޑިސްޓްރިކްޓްގެ ދީރް އަބޫ މިޝަލް އަވަށުގައި ޔަހޫދީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަހަމްތަކަކާ ގުޅިގެން ޝަހީދުވެފައިވާ ކަމަށެވެ.
އެގޮތުން ޝަހީދުވެފައިވަނީ އުމުރުން 13 އަހަރުގެ ޣައްސާން ޣާރިބް ޒަހްރާން ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައި އެވެ.
މި ކަމާއި ގުޅޭގޮތުން ޖައްބާރު ޔަހޫދީ ސިފައިން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައި ނުވާއިރު ފަލަސްތީނުން ޝަހީދުކޮށްލާ ކޮންމެ މީހެއްގެ މަރަށްފަހު ޔަހޫދީން ބުނަމުންދަނީ ޝަހީދުކުރަމުންދަނީ ނިރުބަވެރިން ކަމަށް ކަމަށެވެ.
7 އޮކްޓޯބަރުގައި ޔަހޫދީން ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ހުޅަނގު އައްްސޭރީންވެސް މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ޣައްޒާއިން މިހާތަނަށް 38,200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާއިރު އޭގެ ތެރޭގައި 16,000 އަށްވުރެ ގިިނަ ކުޑަކުދިން ހިމެނެއެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި
