logoEN
cocacola
ސްޓެލްކޯގެ ސަބް ސްޓޭޝަނުން ކަރަންޓު ކޭބަލް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް!

ސްޓެލްކޯގެ ސަބް ސްޓޭޝަނުން ކަރަންޓު ކޭބަލް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް!

އަލްފާ އަލީ

logo

7/7/2024, 11:46:09 AM

# ސްޓެލްކޯ# ފުލުހުން

-

މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.

ގޮސިޔާ

ފުލުހުން ބުނީ, މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ ސަބްސްޓޭޝަނަށް ގެއްލުންދީ ކޭބަލްތަކެއް ވަގަށް ނަގާފައިވަނީ މިދިޔަ އަންގާރު ދުވަހުގެ ހެނދުނުއެވެ. އެމައްސަލަ ފުލުހަށް ހުށަހެޅީ އެދުވަހުގެ ހެނދުނު 06:12 ހާއިރު ކަމަށް ފުލުހުންވަނީ މީގެ ކުރިން ބުނެފައި އެވެ.

މި ކޭބަލް ވަގަށް ނެގުމުގެ ސަބަބުން, މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުވެސް ކަނޑުނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ